ނައިފަރު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އާރްޑީސީއަށް

ޅ. ނައިފަރު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ޙަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ޅ. ނައިފަރުގައި ޓަރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމަށްޓަކައި އެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފްއެވެ.

އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު އަސްބާހް އަލީ ނަސީރުއެވެ.

މި މަސައްކަތަކުގެ އަގަކީ 7,711,200/00 ރުފިޔާ އަށްވާއިރު މި މަސައްކަތަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރެވުނު މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލުގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރެވިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް