ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އޮފީހުގައި ޗައިލްޑް-ކެއާ ސްޕޭސްއެއް ހުޅުވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އޮފީހުގައި ޗައިލްޑް-ކެއާ ސްޕޭސްއެއް މިއަދު ހުޅުވައިފިއެވެ.

މި ސްޕޭސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ޗައިލްޑް-ކެއާ ސްޕޭސްއަކީ ވުޒާރާގެ މުވައްޒަފުންގެ ކުޑަކުދިން ބެލެހެއްޓުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޖާގައެކެވެ. އަދި މިތަނުގައި ތަޖުރިބާކާރު މުވައްޒަފުން ކުދިންގެ ކަންކަން ބެލެހެއްޓުމަށް ތިބޭއިރު އެ ކުދިންނަށް އެކަށީގެންވާ ފަރުނީޗަރާއި، ކުޅޭ ސާމާނު، އަދި ތަޢުލީމީ ވަސީލަތްތައްވެސް މިތަނުގައި ހުންނާނެއެވެ.


މިއީ، މަސައްކަތްކުރާ މައިންބަފައިންނަށް، ޚާއްޞަކޮށް އަންހެން މުވައްޒަފުންނަށް އެހީތެރިވެ، އެމީހުންގެ މަސައްކަތު މާޙައުލާއި ޢާއިލީ ދިރިއުޅުމުގެ ވަޒަން ހަމަޖެއްސުމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ހުޅުވުނު ތަނެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް