އާންމުންނަށް ވަދެވޭ ގޮތަށް ރައީސްގެ ވަޓްސްއަޕް ޗެނެލްއެއް އުފައްދަވައިފި

ސަރުކާރުގެ މުހިންމު މަޢުލޫމާތު އާންމުންނަށް ޙިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ.

މިކަން ހާމަކުރައްވަމުން އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވަޓްސްއެޕް ޗެނަލް މެދުވެރިކޮށް ސަރުކާރުގެ އަދާހަމަ ޚަބަރުތަކާއި މުހިންމު މަޢުލޫމާތު އަދި މެސެޖުތައް ހިއްސާ ކުރައްވާނެއެވެ.

އަދި އެމަނިކުފާނު ވަނީ މި ޗެނަލާ ގުޅުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައިވާއިރު، މިހާރުވެސް އެ ޗެނަލްއާ 2000 އަށް ވުރެ ގިނަ މީހުން ވަނީ ގުޅިފަ އެވެ.


ރައްޔިތުންނަށް ސަރުކާރުގެ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ އާންމުންނާ ގުޅުން ބޭއްވުމަށް ރައީސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި "ރައްޔިތުންނާ އެކު" ގެ ނަމުގައި ހާއްސަ ޕޮޑްކާސްޓެއް ފެއްޓެވުމާއި، ރަށްރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ.

މީގެ އިތުރުން، ދައުލަތުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް "އަހާ" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ވަނީ ފައްޓަވާފައެވެ. އަދި، ވީޑިއޯ މެދިވެރިކޮށް ސޯޝަލް މީޑީއާގައި ސުުވާލު ކުރުމުގެ ފުރުސަތު ދެއްވާފައިވާ އިރު އެމަނިކުފާނު ދަނީ އެ ސުވާލުތަކަށް ހަމަ ވީޑިއޯ މެދުވެރިކޮށް ޖަވާބުވެސް ދެއްވަމުން ނެވެެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް