ސިއްރުން އެތެރެކުރަން އުޅުނު 1 ލައްކައަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އިއްޔެ އަތުލައިގެންފިއެވެ.

އެގޮތުން، ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ 130،155 ސިނގިރޭޓަށްވާއިރު، މިއީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ތަކެތިކަމަށް ކަސްޓަމްސްއިން މައުލޫމާތުދީފައިވެއެވެ.


ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނ،ީ ހެލްތު މިނިސްޓްރީން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރ-ީ އެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް