އިމިގްރޭޝަނަށް ހާޒިރުކުރަން ބިދޭސީއަކު ހޯދަނީ

ބިދޭސީ ރައްޔިތަކު ހާޒިރުކުރުމަށް އަންގައި އިމިގްރޭޝަންއިން އިޢުލާންކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޯޓިސްގައިވާ ގޮތުން އެ މުއައްސަސާއަށް ހާޒިރުކުރުމަށް ބޭނުންވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިމާމް ޝެއިޚް (42 އ) އެވެ.

އަދި މި ނޯޓިސްގައި ބުނެފައިވާގޮތުން، ފަސް ދުވަހުގެ ތެރޭގައި މ. ސްޓާ ކްލައުޑްގައި ހުންނަ އެ އިދާރާގެ ރިސްކް މެނޭޖްމަންޓް ސެކްޝަނަށް ހާޒިރުވުމަށް އިމާމް ޝެއިޚްއަށް ވަނީ އަންގައިފައެވެ.


އަދި އެމީހާ ހުރިތަނަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ، އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ފޯނުން ގުޅައި ނުވަތަ [email protected] އަށް އީމެއިލްކުރުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް