އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކުރުމަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސް ނިންމަވައިފި

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އާދިއްތާ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށް ރައީސް އޮފީހުން މަޢުލޫމާތުދީފައިވެއެވެ.

މި ކެމްޕެއިން ކުރިއްދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އެހީތެރިކަމާއެކުގައިކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް