ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިކަން ހާމަކުރަމުން ކަސްޓަމްސްއިން ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ ސަރވިސް އިން ހިފަހައްޓާފައިވާ ތަކެތީގެ ތެރެއިން 2025 އެޕްރީލް 10 ވަނަ ދުވަހު ނައްތާލެވުނު ތަކެތީގެ ތަފްޞީލް އާންމުކޮށްފައެވެ.


އެގޮތުން، އެޕްރީލް 10 ވަނަ ދުވަހު ވަނީ 24 ފުޅި ބިޔަރު ފުޅިއާއި 15 ދަޅު ބިޔަރު ނައްތާލާފައިވާއިރު، 151 ފުޅި ބަނގުރާވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނައްތާލައިފައެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ ނ. މާފަރުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް