ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ސަޢީދު ތުރުކީވިލާތަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ތުރުކީވިލާތަށް މިއަދު ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ވަޒީރު ބައިނަލްއަޤްވާމީ މުހިންމު ވިޔަފާރިވެރިންނާއި، ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

އަދި މި ބައްދަލުވުންތަކުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށާއި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އައު އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް