ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާގެ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިތާ ޓަވަރުތަކުގެ ތެރެއިން ފުރަތަމަ ޓަވަރުން މާދަމާގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުގައި ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލުކުރެވިފައިވާކަމަށާއި، އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.


އެގޮތުން، ހިޔާގެ ފުރަތަމަ ޓަވަރުގައި އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ13 އެޕްރީލް2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު9:00 އިން ހަވީރު17:00 އާ ދެމެދު، އެ ޓަވަރުތަކގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް