ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ނިޔާވެފައިވަނީ ލ. މާބައިދޫ/ސޫރަޖްވިލާ  އިބްރާހިމް ނައުޒަމް (30އ) އެވެ.

މީޑިއާއަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ، މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލްނުވެގޮސް އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 08:45 ހާއިރު ކަމަށާއި މި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް