ހުޅުމާލޭގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައިފި

ހުޅުމާލެ ފޭސް 1 ގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ.

ރޭ ހިނގި މި ހާދިސާއާ ގުޅިގެން، މީޑިއާތަކަށް ފުލުހުން ފޮނުވި މެެސެޖެއްގައި ބުނީ މާރާމާރީ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގައި ކަމަށާއި، ރޭ 10:08 ހާއިރު އެކަން ރިޕޯޓުކޮށްފައިވާ ކަމަށާއި އަދި އެކަމެއް ހިނގީ ނޭޕާލުގެ މީހަކާ ބަންގްލަދޭޝްގެ މީހަކާ ދެމެދުކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މާރާމާރީގައި ބަންގްލަދޭޝް މީހާއަށް އަނިޔާވެފައިވާކަމަށާއި އެހެންނަމަވެސް ލިބިފައިވަނީ ސީރިޔަސް އަނިޔާތަކެއް ނޫންކަމަށެވެ. އަދި މައްސަލައާ ގުޅިގެން ނޭޕާލް މީހާ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް