"ޖެނެރޭޝަނަލް ބޭން" ގެ ކަރުދާސް އެކުލަވާލައި ނިންމައިފި

ޒުވާނުން ދުންފަތާ ދުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ގެ ފިޔަވަޅުތައް އެޅުމަށް ކެބިނެޓަށް ހުށަހަޅާ ކަރުދާސް އެކުލަވާލައި ނިންމައިފިކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައީސް ސޯޝަލް މީޑިއާގައި ހުޅުވާލެއްވި ޕޯލުގެ ނަތީޖާއަށް ބަލާއިރު، ގިނަ ބައެއްގެ ތާއީދު ލިބިފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު މަނާކުރުމަށެވެ.

"އެއީ ކެބިނެޓްގައި މަޝްވަރާކޮށްގެން، ކެބިނެޓް ލެވެލްގައި ނިންމަން ޖެހޭ ކަމެއް. ހުރިހާ ވަޒީރުންގެ މަޝްވަރާއާއި ލަފާ ހޯދައިގެން. ކެބިނެޓަށް ހުށަހަޅަން ޖެހޭ ކަރުދާސް މިނިސްޓްރީން އެ ވަނީ އެކުލަވާލާފައި. ކެބިނެޓުން ނިންމުމެއް ނިންމީމައި އެ ކަމެއް އާންމު ކުރާނެ," މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މި ކަރުދާހުގައި ހިމެނޭ ހުށަހެޅުންތަކާމެދު ކެބިނެޓުން ގޮތެއް ނިންމުމަށްފަހު އާންމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ރައީސް ނީ 18-25 އަހަރުގެ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ފަދަ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް