ތައިލެންޑަށް ދަތުރުކުރާއިރު ޑިިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަން ޖެހޭ ގޮތް ހަދައިފި

ތައިލެންޑަށް ދަތުރުކުރާއިރު ޑިިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަން ޖެހޭކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 1 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ހަމަޖައްސާފައިވާކަމަށެވެ.

އަދި ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ފޯމް ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ.

 https://tdac.immigration.go.th/arrival-card/#/home

މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާކަމަށާއި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެކަމަށާއި، އެހެންކަމުން ތައިލެންޑަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދަތުރުކުރާއިރު ޑިިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަން ޖެހޭކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވަނީ ބުނެފިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް