ގާފަރު ބޭރުގައި ކަނދުފައްޗެއް އަޅައިފި

ކ. ގާފަރު ބޭރުުން ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.

ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައި ޤާއިމުކޮށްފައިވާއިރު، އެޅި ކަނދުފަތީގެ ނަންބަރަކީ G10D01 ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނީ

މަޢުލޫމާތުލިބޭ ގޮތުގައި، ގާފަރު ބޭރުގައި ކަނދުފައްޗެއް އަޅާފައި މިވަނީ އެ ރަށު ބޭރުގައި އޮތް ކަނދުފަތި ކަނޑައިގެން ދިޔަތާ ގިނަ އަހަރުތަކެއް ފާއިތުވި ފަހުންނެވެ.

މީގެ އިތުރުންވެސް، ކ. އަތޮޅުގައި ސްޕޯޓްސް ފިޝިންއަށް ޚާއްސަ ތިން ކަނދުފައްޗެއް އޮވެއެވެ. އެއީ ކ. ގާފަރުގެ އިރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ހުޅުމާލޭގެ އިރުން 5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް