ރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމާމެދު މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމާމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމްއާއި ޗައިނާގެ ނޭޝަނަލް މެރިން މިއުޒިއަމާއި ޝަންހާއީ ޔުނިވަރސިޓީ އަދި ވޫހާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިކަން ހާމަކުރައްވައި އެ މިނިސްޓްރީން ކޮށްފައިވާ ޕޯސްޓުގައި ރާއްޖޭގައި މެރިން މިއުޒިއަމެއް ޤާއިމުކުރުމުގެ އިތުރުން، ރާއްޖެއާއި ޗައިނާގައި މެރިން ކަލްޗަރަލް އެގްޒިބިޝަންތައް ބޭއްވުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ބުނެފައިވެއެވެ.

މިނިސްޓަރު ޝިޔާމް ވަނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރައްވައި، މި މުހިންމު މަސައްކަތުގެ ތެރެއިން އުފެދިފައިވާ ޕާޓްނާޝިޕްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް