މި މަހު ތ. އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށޭނެ

މި ހިނގާ އެޕްރީލް މަހު ތ އަތޮޅު ވޭމަންޑޫގައި ޑަޔަލިސިސް ގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މަޢުލޫމާތުދީފައިވާ ގޮތުގައި، އަންނަ ހަފްތާގައި މި ޚިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން މިމަހުގެ ތެރޭގައި ނ އަތޮޅު ވެލިދޫގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންދާއިރު، ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ.

އަދި އެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް