ޖީސީޓީޕީއާއި އެންއޭއެމްގެ އެއްބަސްވުމުގައި ސޮއިކުރުމަކީ ލިބުނު ކާމިޔާބީއެއް: ނައިބު ރައީސް

ޖީސީޓީޕީއާއި އެންއޭއެމްގެ އެއްބަސްވުމުގައި ސޮއިކުރުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުން އެކުލަވާލެވުނީ، އުޒްބަކިސްތާނުގައި މިހާރު ކުރިއަށްދާ 150 ވަނަ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން އެސެންބްލީގެ ތެރެއިންނެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް (ޖީސީޓީޕީ) އާއި ނޮން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވަރކްއާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމަކީ ޕާލަމެންޓްރީ ޑިޕްލޮމަސީ ކުރިއެރުވުމަށާއި މަލްޓިލޭޓަރަލް ކޯޕަރޭޝަން ހަރުދަނާކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޖީ.ސީ.ޓީ.ޕީ.ގެ ރައީސް އަލްފާޟިލް އަޙްމަދު ބިން މުޙައްމަދު އަލްޖަރްވާން ގެ ޢިއްޒަތްތެރި ލީޑަރޝިޕަށް ތައުރީފުކުރައްވާކަމަށާއި ޖީސީޓީޕީއާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ފާއިތުވި އަހަރުތަކުގައި ލިބުނު ޝަރަފެއްކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް