އެމް.އާރު.އޭ.ސީއިން ތަރައްޤީކުރާ ރިސޯޓުގެ މަސައްކަތްތައް މިނިސްޓަރު ބައްލަވައިފި

އެމް.އާރު.އޭ.ސީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުސަރަޙައްދަށް ޒިޔާރަތްކުރައްވައި، މިހާރު ކުރިއަށްދާ ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުކުރިއަށްދާގޮތް މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ބައްލަވާލައްވައިފިއެވެ.

މި ރިސޯޓު ތަރައްޤީކުރުމަށް އެމްއާރްއޭސީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ފަޅަށް މިނިސްޓަރު ވަޑައިގަތުމުން ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިނިސްޓަރގެ މި ޒިޔާރަތުގައި، މަޝްރޫޢުގެ މުހިންމު ލަނޑުދަނޑިތަކާއި، ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކާއި، ސައިޓްތަކުގެ ތައްޔާރީތައް ބައްލަވާލެއްވިއެވެ.

ހަމައެއާއެކު މިނިސްޓަރ ވަނީ ޤައުމީ 5 މިލިއަން ރުއްގަހުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން ރުއްގަހެއްވެސް އިންދަވާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް