މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަޢޫދީ މޯލްޑިވްސް ފޯރަމާގުޅޭ ތައްޔާރީތައް ފަށައިފި

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަޢޫދީ މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމާގުޅޭ ތައްޔާރީތައް ފަށައިފިއެވެ.

އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވަނީ މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް އާ އިއްޔެ ބައްދަލުކުރައްވައި އެންޓި މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަޢޫދީ މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީއަށް ވާންޖެހޭ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ކުރިއަށް އޮތް ފޯރަމްގެ މުހިންމުކަމާއި، އެ ފޯރަމުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ގޮތުގެ މައްޗަށް މަޝްވަރާކުރައްވާފައިވާއިރު އެ ފޯރަމްގެ ތައްޔާރީތައް ފެށުމާއި ގުޅޭގޮތުން ދެ ފަރާތުން ވަނީ އެއްބަސްވުންތަކެއް ވެފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް