75 ފުޅި ބަނގުރަލާ އެކު ހުޅުމާލެއިން ބެދީސީއަކު ހައްޔަރުކޮށްފި

ހުޅުމާލެއިން 75 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިރޭ ހުޅުމާލެއިން ހައްޔަރުކުރީ ތިރްތަ ބަހަދުރު ބީ.ކޭ ނަމަކަށް ކިޔާ 37 އަހަރުގެ ނޭޕާލް ރައްޔިތެކެވެ.

ބަނގުރާ ފޮށިތަކެއް އަރުވައިގެން ވޭނެއް ހުޅުމާލެއަށް ދަތުރުކުރާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، މިރޭ 21:46 ގައި ހުޅުމާލޭ ރީތިގަސް މަގުން އެ ވޭން ހުއްޓުވައި ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ 500 މިލީލީޓަރުގެ 75 ފުޅި ފެނިފައިވާކަމަށް ފުލުހުން މިޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވެއެވެ. މި މައްސަލައާ ގުޅިގެން އެ ވޭން މިހާރު ވަނީ ޓޯކޮށްފައެވެ.

ފުލުހުން ގެންްދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް