މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުގައި ރ. މަޑުއްވަރީ އަންހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އުމުރުން 30 އަހަރުގެ އައިޝަތު ނަޝާޔާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުގައި ފުލުހުން ވަނީ އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް އަދި އަތުގައި ބެހެއްޓުމުގެ ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ.

ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނަޝާޔާއަކީ މީގެ ކުރިންވެސް ގިނަ ފަހަރު މަތިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ މީހެކެވެ. މީގެ އިތުރުން، އެހެން މައްސަލައަކާ ގުޅިގެން އޭނާ ހޯދައި ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރެފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް