އައްޑޫ ސިޓީއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

އައްޑޫ ސިޓީގައި ދިމާވެފައިވާ ކަރަންޓުގެ  މައްސަލަ ހައްލުކުރުމަށްޓަކައި، އިންޑިއާއިން އެތެރެކުރި 1.8 މެގަވޮޓުގެ ޖަނަރޭޓަރުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

މި ޖަނަރޭޓަރު އައްޑޫއަށް ގެންދެވުނީ ފާއިތުވި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު ހާމަކުރެއްވި ގޮތުގައި، އަލަށް ގެނެވުނު ޖަނަރޭޓަރުގެ އިތުރުން، ކުރިން ހަލާކުވެފައި ހުރި 3 ޖަނަރޭޓަރުގެ ތެރެއިން  1 ޖަނަރޭޓަރު މަރާމާތުކޮށް މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ.

ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައިގެ ސަބަބުން މި ރަމަޟާން މަހު އައްޑޫގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑެމުން ދިޔައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ބޮޑެތި ޝަކުވާތައް އަމާޒުވިއެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން މެދުނުކެނޑި  ގިނަ  މަސައްކަތްތަކެއް ކުރިކަން ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް