އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ޑްރޯން ޝޯއަކާއި އެކު ހަވާ އަރުވައިފި

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހައުސިންގ ޑިވެލޮޕްމެނެޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންތިޒާމް ކޮށްގެން ޑްރޯން ޝޯއަކާއި ހަވާގެ އިތުރުން މިއުޒިކް ޝޯއެއް ބާއްވައިފިއެވެ.

މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ވަރަަށް ބޮޑު ތަރުހީބެެް ލިބުނެވެ. ޑްރޯން ޝޯގައި އިސްލާމީ ތަސްވީރުތަކާއި، ދިވެހި ސަގާފަތުގެ މަންޒަރުތަކާއި، އެޗްޑީސީއާ ގުޅުންހުރި ތަސްވީރުތައް ދެއްކިއެވެ. ޚާއްޞަކޮށް ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ހިތުގެ ބައްޓަމުގައި ފަލަސްތީނުގެ ދިދަ ދައްކާލިއެވެ. މި ޝޯގެ ފަހުން އެމްއެންޑީއެފުގެ ފަރާތުން ތިން މިނެޓަށް ހަވާ އެރުވިއެވެ.

މި އަހަރުގެ ފިތުރު އީދު ފާހަގަކުރުން ފެށިފައިވަނީ މާލެ ހިމެނޭގޮތަށް 64 ރަށެއްގައި އީދު ބޮކި ދިއްލައިގެންނެވެ. އަދި މިއަދު އެމްއެންޑީއެފުގެ ފަރާތުން ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކު އަދި ހުކުރު މިސްކިތް ސަރަހައްދުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެކިއެކި ހަރަކާތްތައް ހިންގިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް