މިސަރުކާރުން ގާނޫނާ ހިލާފު އެއްވެސް ކަމަކަށް ޖާގައެއް ނުދޭނެ: ނައިބު ރައީސް

ގާނޫނާ ހިލާފު އަދި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ސޯޝަލް މީޑިއާގައި ކުރެއްވިޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ ތަސައްވުރުގެ ދަށުން، ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ އިތުރުން ގާނޫނާ ގަވާއިދާ ހިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތައް ހުއްޓުވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.

"މި މަސައްކަތްތައް ކުރިއަށްދަނީ މީގެ ކުރިން ނުހިނގާ ބާރުމިނުގައި، އަދި މި މަސައްކަތްތައް ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އަދި ވަޒީރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަނީ މަދު ސިޔާސީ ބަޔަކު ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް ކުރާ މަސައްކަތެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް