ނުރައްކާތެރި އެކްސިޑެންޓެެއް; ކާރަކާއި 6ސައިކަލަކަށް ގެއްލުން ވެއްޖެ

އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓްވެ، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އެތައް އުޅަނދަކަށް ގެއްލުންވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 7:50 ހާއިރުއެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި 6 ސައިކަލަކާއި އިތުރު ކާރަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާގެ ނޫސްވެރިން އެ ސަރަހައްދަށް ޒިޔާރަތްކޮށް ބެލިބެލުމުން، އެކްސިޑެންޓްވި ކާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެވުނު ކަމަށާއި ކާރުގެ ކުރީ ސީޓުގެ ޕަސެންޖަރު އިންނަ ފަރާތުގެ ލޯގަނޑު އެއްކޮށް ތަޅައިގެން ގޮސްފައިވާއިރު، ކާރުގެ ކުރީ ބަފަރު ނެއްޓިފައިވާކަން ފާހަގަކުރެވުނުކަމަށްވެއެވެ.

މީގެއިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބައެއް ސައިކަލުތަކުގެ އެކި ބައިތައް ނެއްޓި، އެ އުޅަނދުތަކަށް ފާހަގަކުރެވޭ ވަރުގެ ގެއްލުންތަކެއް ވެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް