މާދަރީބަހުގެ ދުވަހުގެ ހަދިޔާއަކަށް ކުރީގެ ރައީސް މައުމޫނު ދެއްވީ މައުމޫނު ފޮންޓު

މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުމުގެ މައްޗަށް ބިނާކޮށް "މައުމޫން" ފޮންޓް ތައާރަފްކޮށްފިއެވެ. މި ފޮންޓަކީ ދިވެހި ޓައިޕް ފައުންޑަރީން ތައްޔާރުކޮށްފައިވާ ފޮންޓެކެވެ.

ކުރީގެ ރައީސް މައުމޫނަކީ ދިވެހި އަދި އަރަބި ލިޔުމުގެ ފަންނުގައި ވަރަށް ހުނަރުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވާފައިވާ ނަމޫނާތައް މިއަދުވެސް މާލޭގެ އިސްލާމީ މަރުކަޒުގެ މިހުރާބުގޭގެ ފިލާގައްޔާއި މަރުކަޒުގެ ބޭރު ނަންބޯޑުގައި ފެންނަން ހުރިކަން ފާހަގަކުރެވެއެވެ.

މި ފޮންޓް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ މައުމޫނުގެ ލިޔުއްވުމުގެ ހުނަރު ޑިޖިޓަލް ޒަމާނަށް ގެނައުމެވެ. މިގޮތުން، ފޮންޓް ތައާރަފްކުރުމަށްޓަކައި އާޓް ގެލެރީގައި ހާއްސަ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މައުރަޒުގައި ފޮންޓުގެ އެކި ވައްތަރުތަކާއި، އޭގެ ބޭނުންތައް ދައްކުވައިދިނުމުގެ އިތުރުން، ފޮންޓް ޑިޒައިންކުރުމުގެ މަރުޙަލާތަކާ ބެހޭ މަޢުލޫމާތުވެސް ހިމެނޭނެއެވެ. އަދި ފޮންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަކުރު ޓައިޕްގެ ވެބްސައިޓް މެދުވެރިކޮށް ފޮންޓް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް