މަސްދަޅު ކޭސް ބެހުމަށް އޮންލައިން ޓޯކަން ނިޒާމެއް ތަޢާރަފްކުރަނީ

ސަރުކާރުން ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް ބެހުމަށް އޮންލައިން ޓޯކަން ނިޒާމެއް ތަޢާރަފްކުރުމަށް ސިޓީސް މިނިސްޓްރީން ނިންމައިފިއެވެ. މިއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބެހުމުގައި ދިމާވި ކިއު ދިގުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަޅާ ފިޔަވަޅެކެވެ.

މި ނިޒާމުގެ ދަށުން މާލެ ސަރަހައްދުގައި 13 މަރުކަޒެއް ޤާއިމުކުރެވި، ކޮންމެ މަރުކަޒަކުން ދުވާލަކު 50 އިން 200 އާ ދެމެދުގެ ޓޯކަން ދޫކުރެވޭނެއެވެ. މަސްދަޅު ނެގުމަށް ރައްޔިތުން އައިޑީ ކާޑާއި އެއް މަހުގެ ކަރަންޓު ބިލް ހުށަހަޅަންޖެހޭނެއެވެ.

މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެއަކު 8:00 އިން ދަންވަރު 12:00 އަށެވެ. އަދި އެއްވެސް ފަރާތަކަށް ތިން މަސްދަޅު ކޭސްއަށްވުރެ އިތުރަށް ނުދެވޭނެކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އޮންލައިން ނިޒާމް ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް މަރުކަޒުތަކުގައި ތިބޭ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެކަން މިނިސްޓްރީން އަންގާފައިވެއެވެ. މިއީ މިދިޔަ އަހަރު ސަރުކާރުން 82,000 ގޭބީސީއަށް ކާޑުގެ ބާވަތްތައް ހިލޭ ދިނުމަށްފަހު، މި އަހަރު ކުރިއަށްގެންދާ ރޯދަ ހަދިޔާގެ ޕްރޮގްރާމުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް