މާލޭގެ އެކި ސަރަހައްދުތަކުން ބަލި އަދި މަރުވެފަައިވާ ކޮތަރުތަކެއް،

މާލޭގެ އެކި ސަރަހައްދުތަކުން ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން މި މައްސަލަ ބަލަން ފަށައިފިއެވެ.

މިނިސްޓްރީން އެކްސްޕޯސްޓެއްގައި ބުނީ، މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި ކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ޖުމްހޫރީ މައިދާނުގައި ގިނަ އަދަދަކަށް އެއްވާ ކޮތަރުތަކުގެ ތެރެއިން ބަލިވެފައިވާ ކޮތަރުތަކުގެ ސާމްޕަލް ވަނީ ނަގާފައި،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް