ރައީސް މުއިއްޒު، މަޖިލިސް ރައީސާއި ޕީއެންސީގެ ޕީޖީ ލީޑަރާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އިބްރާހީމް ފަލާޙްއާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްދެއްވާފައިވަނީ ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ހީނާ ވިދާޅުވީ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރިއަށް ދިޔައީ މި އަހަރުގެ މަޖިލީހުގެ ފެށުނު ދައުރުގައި ސަރުކާރުން ހުށަހަޅަން ގަސްދުކުރާ ބިލުތަކާ ގުޅޭ ގޮތުންނެވެ.

އަދި މިއީ މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއްކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް