މާރިކިލުން، މަސްތުވާތަކެއްޗާއި ބަނގުރަލާއެކު އަންހެނަކާއި 8 ފިރިހެނަކު ހައްޔަރަށް

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބ. އަތޮޅު މާރިކިލުން ނުވަ މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަމު ފިޔަވައި އެންމެން 15 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ މިއީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރި ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ދިވެހިންނާއި، އިންޑިއާ ދެ މީހަކާއި، ސްރީލަންކާ ތިން މީހަކާއި އަދި ބަންގްލަދޭޝް މީހެކެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ނުވަ މީހުންނަކީ،

  1. އަލްޙާން ރަޝީދު ޙުސައިން (49އ)، މ. ޖަވާހިރުވާދީ، މާލެ.
  2. މަރްޔަމް ރިފާޢު ( (25އ)، ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް.
  3. ޢަބްދުލް މުޙްސިން ޙަސަން (65އ)، ރ. އިނގުރައިދޫ / ވަފާ.
  4. ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ)
  5. ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ)
  6. އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ)
  7. ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ)
  8. ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ)
  9. މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ)

މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުއްދަތު ކޮމެޓީއިން، ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލުމަށްފަހު ބާކީ ތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި ފެބުރުވަރީ މަހުގެ 15 ދުވަހު ހިންގި މި އޮޕަރޭޝަނުގައި 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް