ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ!

ލްޓަން ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހި ކުންފުނިތަކާއި، ޕާޓްނަރޝިޕްތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި، ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 18 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. އަދި ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، "ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސަލްޓަން ޕާކު ތަރައްޤީކުރި ފަހުން އެއްވެސް ކަހަލަ އެސެސްމަންޓެއް ނުވަތަ ބޮޑު މަރާމާތެއް ކޮށްފައެއް ނުވޭ" އެވެ. އަދި އެހެންކަމުން ސިޓީ ކައުންސިލުން ވަނީ އެތަނުގެ އެސެސްމަންޓެއް ހަދައި، ބަޔަކާ މަސައްކަތް ހަވާލުކުރަން ނިންމާފައެވެ.

ރައީސް މުޙައްމަދު މުޢިއްޒު ވެސް ވަނީ ސަލްޓަން ޕާކާއި ރަސްފަންނު އޮތީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތު ކުރަންޖެހިފައި ކަމަށް ފާހަގަކުރައްވާފައެވެ. އަދި އަލުން އެ ތަންތަން މަރާމާތުކޮށް އާރޯކަން ގެނެސްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ރިއެކްޝަންސް

ކޮމެންޓް