ރަސްފަންނާއި ސަލްޓަންޕާކުގެ ޙާލަތު ފެނިފައި ހިތާމަކުރަން، އެ ދެތަން މަރާމާތު ކުރާނަން: ރައީސް

ރަސްފަންނާއި ސަލްޓަންޕާކުގެ ޙާލަތު ފެނި ހިތާމަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސްއެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ދެތަން ދަނީ ވީރާނާވަމުންކަމަށެވެ.

މި ދެތަނަކީ ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން ފާހަގަކުރައްވަމުން، ރައީސް ވަނީ މި ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން، ދެ ތަންވެސް ދަނީ ވީރާނާވަމުން،" ރައީސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ދެތަނުގެ ޙާލަތު ވަނީ މި ފަހަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެ ހަލާކުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް