ޕާޓީގެ ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ އޭޕްރީލް 13ގެ ކުރިން ހުށަހެޅުން އެދެން: ޕީއެންސީ

ޕީއެންސީގެ މެމްބަރުންގެ ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ 13 އޭޕްރީލްގެ ކުރިން ހުށަހެޅުމަށް އިލްތިމާސްކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ ދަފްތަރާމެދު ޝަކުވާއެއް އޮތް ފަރާތްތަކުން އެ ޝަކުވާތައް މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެ ޕާޓީން މިއަދު އިލްތިމާސްކޮށްފިއެވެ.

މި އިލްތިމާސް ކުރަނީ ޕީއެންސީން ފަހުން ހިންގި "މެމްބަޝިޕް ޑްރައިވް" ގައި ވަގު ފޯމުތަކެއް ހުށަހެޅިކަން ހާމަވުމާ ގުޅިގެންނެވެ. މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހާ ހަމައަށް އޮތީ ހުޅުވާލާފައެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދަފްތަރާމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި މި ޝަކުވާތައް ހުށަހަޅަންވާނީ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕާޓީގެ ދަފްތަރުގެ ސައްހަކަން ކަށަވަރުކޮށް، ދަފްތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ހަރުދަނާކުރުމަށް އަންގަވާފައިކަމަށް ޕީއެންސީން ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުމުގައި ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ގަވާއިދަށް ބަދަލު ގެނެސް، އީ-ފާސް މެދުވެރިކޮށް ނޫނީ ޕާޓީތަކަށް މެމްބަރުން ނުވެވޭގޮތަށް ހަމަޖައްސާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް