ނަޒާހާއަށް ދަށުކޯޓުން ކޮށްފައިވާ 25 އަހަރުގެ ޖަލުހުކުމަށް ސުޕްރީމް ކޯޓުވެސް ތާއީދު!

ސުޕްރީމް ކޯޓުން ނަޒާހާގެ އުމުރު ދުވަހުގެ ޖަލު ހުކުމަށް ތާއީދުކޮށްފި

ބައިކަނޑިގޭ މަރިޔަމް ނަޒާހާ އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު (ޝާޑު) މަރާލި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

ނަޒާހާ ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގައި މި ކުށަށް އިއުތިރާފުވެ، އަނިޔާގެ ސަބަބުން ނަފުސާނީ ހާލަތެއްގައި ހުރެ އަމިއްލަ ދިފާއުގައި ހަމަލާދިން ކަމަށް ބުނެފައިވީ ނަމަވެސް، އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވަނީ އަމިއްލަ ދިފާއުގެ ހައްގު އުފަންވަނީ ހަމަލާދޭ ވަގުތު ކަމަށާއި، ގިނަ އިރުތަކެއް ފަހުން ދޭ ހަމަލާއަކީ އަމިއްލަ ދިފާއުގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި "ބެޑާޓް ވުމަން ސިންޑްރޯމް" އަށް ހުށަހެޅިގެން ހަމަލާދިން ކަމަށް ބުނި ނަމަވެސް، އެކަން ސާބިތުކުރުމަށް އެއްވެސް މެޑިކަލް ލިޔުމެއް ނުވަތަ ހެއްކެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެއްވިއެވެ.

ނަޒާހާ މައްސަލަ ސުޕްރީމް ކޯޓަީމް ކޯޓަށް ހުށަހެޅީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މިއީ 2015 ވަނަ އަހަރު ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ދެވުނު 60 ދުވަހުގެ މުއްދަތަށްވުރެ ވަރަށް ގިނަ ދުވަސް ފަހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތުމުން އެ ހުކުމަށް ތާއީދުކުރުމަށެވެ. މިހާރު ނަޒާހާ ވަނީ ޖަލުގައި 13 ވަރަކަށް އަހަރު ހޭދަކޮށްފައެވެ. އޭނާގެ 25 އަހަރުގެ ޖަލު ހުކުމުން ފަސް އަހަރު މާފުކޮށްދީފައިވާ އިރު، ދެން އޭނާ ތަންފީޒު ކުރަންޖެހޭނީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް