އަސަރުގަދަ އަޑެއްގެ ވެރި، ކާމިޔާބު ލަވަކިޔުންތެރިޔާ މެޒޯ މޯޑު ނިޔާވެއްޖެ

ދިވެހި މިއުޒިކް ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނު، މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) މިއަދު އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނިޔާވެއްޖެއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 59 އަހަރެވެ. މެޒޯއަކީ ރާއްޖޭގެ ނަންމަޝްހޫރު އަންހެންލަވަކިޔުންތެރިޔާ މީރާ މާޖިދުގެ ބައްޕަވެސްމެއެވެ.

މެޒޯ މޯޑް އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި މިއުޒިކް ކުޅުންތެރިންގެ ތެރެއިން އެއް ބޭފުޅެކެވެ. ޚާއްސަކޮށް 90އިގެ އަހަރުތަކުގައި އޭނާގެ އަމިއްލަ ރާގުތަކުގެ ލަވަތައް ވަރަށް ބޮޑަށް މަޤްބޫލުވިއެވެ. މެޒޯ ވަނީ ރާއްޖޭގެ ނަން ބައިނަލްއަޤްވާމީ މިޔުޒިކީ އުދަރެހުގައިވެސް ފަވާލަދީފައެވެ. އެގޮތުން އެންމެ ފުރަތަމަ މަޝްހޫރު މިއުޒިކް ޗެނަލް އެމްޓީވީގައި ލަވައެއް ދެއްކި ފުރަތަމަ ދިވެހި ފަންނާނަކީވެސް މެޒޯއެެވެ.

މުހައްމަދުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އުޑުންތަރިތައް"، "މަސްތު"، "ވިސްނާވިސްނާ" "އެޅިކަނޑުމަތި"، އަދި "ރޯޅި" ފަދަ އެތައްގިނަ ލަވަތައް ހިމެނެއެވެ.

މިއުޒިކްގެ ދުނިޔެއަށް ވަނީއްސުަރެ މެޒޯ ފާހަގަވެފައިވަނީ ލަވަކިޔުމާއެކު ބެރު، ގިޓާ އަދި ކީބޯޑު ފަދަ ގިނަ މިއުޒިކް އާލާތްތައް ކުޅުއްވަން ދަންނަ ހުނަރުވެރި ފަންނާނެއްގެ ގޮތުގައެވެ..

މެޒޯގެ ހަނދާން އަބަދުމެ ދިވެހި މިއުޒިކީ ތާރީހާއެކު އޭނާދެކެ ލޯބިވާ އެންމެންގެ ހިތްތަކުގައިވެސް ފަޚުރުވެރިކަމާއެކު ދެމިހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް