ސްޓެލްކޯ ފުލެޓުގެ ނުވަވަނަ ފަންގިފިލާ އިން ވެއްޓި ޒުވާނަކު މަރުވެއްޖެ

ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯ ސީ ޓަވަރުގެ 9 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ހ. ގިރިރާވި އާގެ، އިބްރާހިމް ޝަރަފް (24 އަހަރު) އެވެ.

ފުލުހުންގެ މައުލޫމާތު ދެއްވާގޮތުގައި، ސްޓެލްކޯ ސީ ޓަވަރު ބިއްދޮށް ފަޅީގައި މީހަކު ވެއްޓިފައި އޮއްވާ ފެނުމާ ގުޅިގެން ވަގުތުން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ. އަދި މި ހިތާމަވެރި ހާދިސާގައި ނިޔާވި ފަރާތުގެ އާއިލާގެ އިހުސާސްތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، ނިޔާވި ފަރާތުގެ ފޮޓޯ އަދި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް