"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ" ތަމްރީން ޕްރޮގްރާމެއް ކުޅުއްދުއްފުށީގައި ބާއްވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީ ގުޅިގެން "އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 14 ބައިވެރިން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރޭގައި 8 ފިރިހެން އަދި 6 އަންހެން ބައިވެރިން ހިމެނެއެވެ.

މި ފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، މަހުގެ އުފެއްދުންތަކަށް އިތުރު އަގެއް ލިބޭނެ ގޮތް ހޯދައި، ކުދި ވިޔަފާރިތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮގްރާމްތަކެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް