މި ރޯދަމަހު، ތަރާވީސް ކުރާ ޒުވާން ޙާފިޘުންންނާ ވަޒީރު ޑރ ޝަހީމު ބައްދަލު ކުރައްވައިފި

އަންނަ ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ޒުވާން ދިވެހި ހާފިޒުންނާ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ހޮނިހިރު ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި އިސްލާމިކް ސެންޓަރުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރު ވަނީ ހުރިހާ ހާފިޒުންނަށްވެސް އެ ބޭފުޅުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމަށާއި، ޒިންމާދާރުކަމާއެކު މަސައްކަތް ކުރިއަށް ގެންދެވުމަށް އިރުޝާދު ދެއްވާފައެވެ.

ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވެފައިވަނީ، ގިނަ އަދަދެއްގެ ދިވެހި ހާފިޒުން ފެންނަމުންދާތީ އެކަމާ ވަރަށް އުފާފުޅުވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ހާފިޒުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ މިނިސްޓްރީން އިސްކަންދޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް