ސާޅީސް އަހަރަށްވުރެ ގިނަ ދުވަހު މެރިން ރިސާޗަށް ޚިދުމަތް ކޮށްދެއްވި ޝަކީލް ނިޔާވެއްޖެ

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޙަސަން ޝަކީލް (64 އަހަރު) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުގެ ގޮތުގައި ފާހަގަކުރެވޭ ޝަކީލް ވަނީ 40 އަހަރަށްވުރެ ގިނަ ދުވަހު ދާއިރާއަށް ހިދުމަތް ކޮށްދެއްވާފައެވެ.

ޝަކީލު ނިޔާވުމާ ގުޅިގެން މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓުގެ އެކްސްޕޯސްޓުގައި ބުނެފައިވަނީ ޝަކީލަކީ "މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ" ބޭފުޅެއް ކަމަށެވެ.

އިންސްޓިޓިއުޓްގެ އެންމެ އިސް އެއްމަގާމު ކަމުގައިވާ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޝަކީލްގެ ޚިދުމަތްތައް އިންސްޓިޓިއުޓުން ވަނީ ފާހަގަކޮށްފައެވެ. އިންސްޓިޓިއުޓުން ފާހަގަކުރައްވާ ގޮތުގައި، ޝަކީލަކީ މެރިކަލްޗަރ ދާއިރާގައި ޤާބިލް މީހުން އުފެއްދުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ. އަދި އެ އިންސްޓިޓިއުޓުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރެއްވި މުވައްޒަފަކީވެސް ޝަކީލްކަމުގައި އެ އިންސްޓިޓިއުޓުން ވަނީހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް