އިންޑިއަން އޯޝަން ޑައިވާސް އެސޯސިއޭޝަން އިފުތިތާހު ކޮށްފި

މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ 10 ވަނަ އެޑިޝަންގެ ތެރެއިން އިންޑިއަން އޯޝަން ޑައިވާސް އެސޯސިއޭޝަން (އައިއޯޑީއޭ) މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި އެސޯސިއޭޝަން އިފްތިތާޙްކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު، އާދަމް ޢާޒިމެވެ.

އެސޯސިއޭޝަން އިފްތިތާޙްކުރެއްވުމަށްފަހު މޭޔަރު އާޒިމް ވިދާޅުވެފައިވަނީ، އައިއޯޑީއޭ އިފްތިތާޙްކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި މި އެސޯސިއޭޝަންގައި މި ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ޑައިވަރުން ހިމެނޭކަން ޕްރަހްލާދު ކަކަރު، އަނީސް އަޑެންވާލާ އަދި ސެންޑީ ޙުސައިން ރަޝީދު ފަދަ ނަންމަޝްހޫރު ޑައިވަރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މޭޔަރު އާޒިމް އިތުރަށް ވިދާޅުވެފައިވަނީ، "އައިއޯޑީއޭ އިފްތިތާޙްވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއަރައި، ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން ތަޖުރިބާކޮށްލުމަށް އިތުރު ފުރުޞަތުތައް ފަތުރުވެރިންނަށްވެސް ލިބިގެންދާނެ" ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި އިންޑިއަން އޯޝަން ޑައިވާސް އެސޯސިއޭޝަން އިފްތިތާޙްކުރެވުމަކީ ރާއްޖޭގެ ޑައިވިންގ ސިނާޢަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ރިއެކްޝަންސް

ކޮމެންޓް