ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.

ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތުލިބެއެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.

ޝާހިދަކީ 2009 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ. އަދި 2021 ވަނަ އަހަރު އ.ދ ގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ ސަޕޯޓަރުން ދަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކެމްޕެއިން ކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް