ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު، ދިވެހި ލިޔުންތެރިންނަށާއި އަދަބިއްޔާތަށް ހިދުމަތްކުރައްވާ ފަރާތްތަކަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކަމަނާގެ ރަސްމީ "އެކްސް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ އިހުލާސްތެރި ތަހުނިޔާ، ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ ހުރިހާ ލޮބުވެތި އުހުތުންނާއި އަހުންނަށް ދަންނަވާ ކަމަށެވެ.

މި ދުވަހުގެ މައިގަނޑު މަގުސަދަކީ ދިވެހި ބަހާއި އަދަބިއްޔާތު ކުރިއަރުވައި، ގައުމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ލިޔުންތެރިން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމާއެކު، އާ ޖީލުތަކަށް ލިޔުންތެރިކަމުގެ ޝައުގުވެރިކަން އުފެއްދުމެވެ.

ޖުލައި މަހުގެ އަށް ވަނަ ދުވަހަކީ ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ. ދުވަހައި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް