ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި އެއްމިލިއަނަށް ވުރެ ގިނަ ސިގިރޭޓް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މިލިއަނަކަށްވުރެ ގިނަ ސިނގިރޭޓު ނައްތާލާފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކ. ދޫނިދޫގައި އަންދާ ނައްތާލާފައި ވަނީ 1,359,180 (އެއް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަހާސް އެއް ސަތޭކަ އަށްޑިހަ) ސިނގިރޭޓު ކަމަށެވެ.

އެއީ ގާތްގަނޑަކަށް 135 ކޭސް ސިނގިރޭޓެވެ. ބާޒާރުގެ އަގުން އަންދާޒާކުރާއިރު، 13 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސިނގިރޭޓެވެ.


އަދި އެއީ ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ސިނގިރޭޓްތަކެއްކަމަށާއި، އެ ތަކެތި ނައްތާލައިފައި ވަނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުންކަމަށް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް