ގައްޒާގައި އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އިސްރާއީލުން އަދިވެސް ރަސްމީ ޖަވާބެއް ނުދެއެވެ.
މިއަދު އިސްރާއީލުގެ ބޮޑުވަޒީރު ވާހަކަދެއްކި އިރު، އޭނާ ހަމައެކަނި ބުނެފައިވަނީ ހަމާސް ވަނީ ޕްރެޟަރެއްގެ ދަށުގައި ކަމަށާއި، އޭނާ މީޑިއާގެ ރިޕޯޓުތައް ބަލަމުންދާ ކަމަށެވެ.
ނަމަވެސް އިސްރާއީލުން އެއްވެސް ވަރަކަށް އެއްބަސްވުމަކަށް އައުމަށް ޝައުގުވެރިވާކަމަށް އޭނާ ބުނެފައެއް ނުވެއެވެ.
އަދި އޭނާގެ ކަނާއަތް ފިޔައިގެ ސަރުކާރުގެ މެންބަރުން އެފަދަ އެއްބަސްވުމަކަށް އައުމަށް ތައްޔާރު ނޫންކަން އިޝާރާތްކޮށްފަވެއެވެ.
ދިފާއީވަޒީރު،އިސްރާއީލްކަޓްޒް،ވެސްބުނެފައިވަނީހަމާސްއިންމިހާރުއަނބުރާމަޝްވަރާގެމޭޒަށްއައުމަށްބޭނުންވަނީއިސްރާއީލުގެސިފައިންގައްޒާސިޓީހިފުމާއިގެންކުރިއަށްދާކަންއެނގޭތީކަމަށެވެ.
މެދުވެރިންގެގޮތުގައިމަސައްކަތްކުރާފަރާތްތަކުންމިހާރުހުށަހަޅާފައިވާއޮނިގަނޑަށްހަމާސްއިންރުހުންދިނުމަށްފަހު،މިހާރުނަތަންޔާހޫގެމައްޗަށްވަރަށްގިނަފަރާތްތަކުންއެކިގޮތްގޮތުން ޕްރެޟާރުކުރަމުންދެއެވެ.
ޚާއްޞަކޮށް އިސްރާއީލުގެ ހަމާސްގެ ހައްޔަރުގައި ތިބި އިސްރާއިލްގެ މީހުންގެ އާއިލާތަކުންނާއި އިސްރާއީލުގައި އާންމުކޮށް މުޒާހަރާކުރާ ފަރާތްތަކުންނެވެ.
މިސުރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލް އަޠީ ވަނީ ހަނގުރާމަ ހުއްޓުމަކަށް އައުމުގެ ހުށަހެޅުމަށް އެއްބަސްވުމަށް އިސްރާއީލުގެ މައްޗަށް ޕްރެޟަރު ކުރުމަށް ގޮވާލާފައެވެ.
"މިހާރު ބޯޅަ އޮތީ އ އިސްރާއީލުގެ ކޯޓުގައެވެ. އަދި އެ ހުށަހެޅުމަށް އެއްބަސްވުމަށް އެމީހުންގެ މައްޗަށް ޕްރެޟަރު ކުރަން ޖެހެއެވެ. އެއީ ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާ ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މި ހުށަހެޅުމުގެ މެދުވެރިން ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ގަތަރާައި މިސްރުންނެވެ،
